ތ. ތިމަރަފުށީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން 400 ކިލޯވޮޓްގެ އައު ޖަނަރޭޓަރުސެޓެއް ތިމަރަފުއްޓަށް ގެންދެވި ކޮމިޝަންކޮށް މިހާރު ވަނީ ބޭނުން ކުރަންފަށާފައި. މި އައު ޖެނެރޭޓަރު ސެޓާއެކު ތިމަރަފުށީގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން އިތުރުވެ، އެރަށުގައި ދެމުންގެންދާ ހިދުމަތް އިތުރަށް ފުރިހަމަވެގެންދާނެ
ލ.މާބައިދޫގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން އިތުރުކޮށް، ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން 400 ކިލޯވޮޓްގެ އައު ޖަނަރޭޓަރު ސެޓެއް މިހާރު ވަނީ އެރަށަށް ގެންދެވިފައި. މި ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް ބޭނުންކުރަން ފެށުމާއެކު، މާބައިދޫގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން އިތުރުވެ، އެކަމުގެ ފަސޭހަތައް ރައްޔިތުންނަށް ލިބިގެންދާނެ.
ހއ.ކެލާގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން އިތުރުކޮށް، ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން 400 ކިލޯވޮޓްގެ އައު ޖަނަރޭޓަރު ސެޓެއް މިހާރު ވަނީ އެރަށަށް ގެންދެވިފައި. މި ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް ބޭނުންކުރަން ފެށުމާއެކު، ކެލާގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން އިތުރުވެ، އެކަމުގެ ފަސޭހަތައް ރައްޔިތުންނަށް ލިބިގެންދާނެ.
ހއ. ވަށަފަރުގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން އިތުރުކޮށް، ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން 400 ކިލޯވޮޓްގެ އައު ޖަނަރޭޓަރު ސެޓެއް މިހާރު ވަނީ އެރަށަށް ގެންދެވިފައި. މި ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް ބޭނުންކުރަން ފެށުމާއެކު، ވަށަފަރުގައި ކަރަންޓު އުފެއްދުމުގެ ގާބިލްކަން އިތުރުވެ، އެކަމުގެ ފަސޭހަތައް ރައްޔިތުންނަށް ލިބިގެންދާނެ.
ދަޢުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވައިގެން ޝަރަފާއި މެޑަލް ޙާޞިލްކުރެއްވި މިކުންފުނީގެ މުވައްޒަފުންގެ ޝަރަފުގައި އެ މުވައްޒަފުންގެ އަގު ވަޒަންކޮށް، މަރުޙާބާ ކިއުމަށް ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުން މިއަދު ވަނީ ޚާއްސަ ހަރަކާތެއް ބާއްވާފައި.
މި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި، ކުންފުނީގެ ބައެއް އިސް ވެރިން ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިރޭ ހއ. ހޯރަފުއްޓަށް ވަޑައިގެން އެރަށުގެ ކައުންސިލާއި ވަނީ ބައްދަލު ކުރައްވާފައި. މި ބައްދަލުވުމުގައި ވަނީ ހޯރަފުށީގެ ތަރައްގީއަށް ސްޓެލްކޯގެ ފަރާތުން ކުރަމުންދާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައި.
މި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި، ކުންފުނީގެ ބައެއް އިސް ވެރިން ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިރޭ ހއ. ހޯރަފުއްޓަށް ވަޑައިގެންނެވުމުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައި.
ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރާއި، ކުންފުނީގެ ބައެއް އިސްވެރިން ހއ. ވަށަފަރަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ސްޓެލްކޯ އޮފީހަށާއި، އިންޖީނުގޭގެ އިތުރުން ފެން ޕްލާންޓަށް ވަނީ ޒިޔާރަތް ކުރައްވާފަ. މި ޒިޔާރަތުގައި، އޮފީހާއި އިންޖީނުގޭގެ އިތުރުން ފެންޕްލާންޓުގެ މަސައްކަތްތައް ދާގޮތް ވަނީ ބައްލަވާލައްވާފައި.
މި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި، ކުންފުނީގެ ބައެއް އިސް ވެރިން ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހއ. ވަށަފަރަށް ޒިޔާރަތްކުރެއްވުމުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައި.
ދަޢުލަތަށާއި މި ކުންފުންޏަށް ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް އިޚްލާސްތެރިކަމާއިއެކު ކޮށްދެއްވާފައިވާ އަލްފާޟިލް އަބުދުﷲ އާމިރަށް ސްޓެލްކޯގެ ބޯޑާއި، އިސްވެރިން އަދި މުވައްޒަފުންގެ ނަމުގައި ވަރަށް ހޫނު މަރުޙަބާއެއް އަރިސްކުރަން. ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި މަތިވެރި ރޫޙުގައި، ސާބިތުކަންމަތީ ދެމިހުންނަވައިގެން ތިޔަ ކޮށްދެއްވަމުންގެންދަވާ އިޚްލާސްތެރި ޤައުމީ ޚިދުމަތް މިކުންފުނިން ބަލައިގަންނަނީ ފަޚުރާއި، ޝުކުރުވެރިކަމާއިއެކު.
ދަޢުލަތަށާއި މި ކުންފުންޏަށް ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް އިޚްލާސްތެރިކަމާއިއެކު ކޮށްދެއްވާފައިވާ އަލްފާޟިލް މުޙައްމަދު އިބްރާހިމަށް ސްޓެލްކޯގެ ބޯޑާއި، އިސްވެރިން އަދި މުވައްޒަފުންގެ ނަމުގައި ވަރަށް ހޫނު މަރުޙަބާއެއް އަރިސްކުރަން. ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި މަތިވެރި ރޫޙުގައި، ސާބިތުކަންމަތީ ދެމިހުންނަވައިގެން ކޮށްދެއްވާފައިވާ އިޚްލާސްތެރި ޤައުމީ ޚިދުމަތް މިކުންފުނިން ބަލައިގަންނަނީ ފަޚުރާއި، ޝުކުރުވެރިކަމާއިއެކު.
ދަޢުލަތަށާއި މި ކުންފުންޏަށް ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް އިޚްލާސްތެރިކަމާއިއެކު ކޮށްދެއްވާފައިވާ އަލްފާޟިލް އިބްރާހިމް ރަޝީދަށް ސްޓެލްކޯގެ ބޯޑާއި، އިސްވެރިން އަދި މުވައްޒަފުންގެ ނަމުގައި ވަރަށް ހޫނު މަރުޙަބާއެއް އަރިސްކުރަން. ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި މަތިވެރި ރޫޙުގައި، ސާބިތުކަންމަތީ ދެމިހުންނަވައިގެން ތިޔަ ކޮށްދެއްވަމުންގެންދަވާ އިޚްލާސްތެރި ޤައުމީ ޚިދުމަތް މިކުންފުނިން ބަލައިގަންނަނީ ފަޚުރާއި، ޝުކުރުވެރިކަމާއިއެކު.
ދަޢުލަތަށާއި މި ކުންފުންޏަށް ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް އިޚްލާސްތެރިކަމާއިއެކު ކޮށްދެއްވާފައިވާ އަލްފާޟިލް މުޙައްމަދު އާދަމަށް ސްޓެލްކޯގެ ބޯޑާއި، އިސްވެރިން އަދި މުވައްޒަފުންގެ ނަމުގައި ވަރަށް ހޫނު މަރުޙަބާއެއް އަރިސްކުރަން. ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި މަތިވެރި ރޫޙުގައި، ސާބިތުކަންމަތީ ދެމިހުންނަވައިގެން ތިޔަ ކޮށްދެއްވަމުންގެންދަވާ އިޚްލާސްތެރި ޤައުމީ ޚިދުމަތް މިކުންފުނިން ބަލައިގަންނަނީ ފަޚުރާއި، ޝުކުރުވެރިކަމާއިއެކު.
ބައިނަލްއަޤްވާމީ ފިރިހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، މިކުންފުނީގެ ހީވާގި ފިރިހެން މުވައްޒަފުންނަށް ރަތްދޫލައިގެ މަރުޙަބާއެއް މިއަދު ވަނީ ކިޔާފައި. އަދި މި ދުވަހުގެ މުނާސަބަތުގައި ކޭކު ފެޅުމުގެ ހަރަކާތެއް މިއަދު ވަނީ ކުރިއަށް ގެންގޮސްފައި. ކުންފުނީގެ ކުރިއެރުމާއި ކާމިޔާބީގައި އަޅުގަނޑުމެންގެ ފިރިހެން މުވައްޒަފުން ކުރައްވާ މިންނެތް މަސައްކަތާއި އަގުހުރި ޚިދުމަތްތައް ފާހަގަކޮށް، އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މިއަދުގެ ހުރިހާ އިންތިޒާމުތަކެއް މިހާ ފުރިހަމަކަމާއި ފޯރިއާއެކު ރާވައި، ހިންގައިދެއްވި އަޅުގަނޑުމެންގެ ހީވާގި އަންހެން މުވައްޒަފުންނަށް ހާއްސަ ޝުކުރެއް ދަންނަވަން.
ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައި. އެއްވެސް ކަސްޓަމަރަކަަށް ކަރަންޓުގެ ހިދުމަތް ނުލިބިވާނަމަ އަޅުގަނޑުމެންގެ ކޮންޓެކްޓް ސެންޓަރ 1545 އަށް ގުޅުއްވުން އެދެން. މި ކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް މަޢާފަށް އެދެން.
ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މައްޗަންގޮޅި އަދި މާފަންނުގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި. މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މަޢާފަށް އެދެން.
ބައިނަލްއަޤްވާމީ ފިރިހެނުންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަން. ޤައުމު ބިނާކުރުމުގައްޔާއި ޢާއިލާތަކުގެ ލާބައަށްޓަކައި ފިރިހެނުން ވެވަޑައިގަންނަވާ މަތިވެރި ޤުރުބާނީ އަދި އަދާކުރައްވާ މުހިންމު ދައުރު ފާހަގަކޮށް، އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން.
މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ މުޙައްމަދާއި އެ ކުންފުނީގެ ބައެއް އިސްވެރިން، ވަނީ މި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރު އަދި ކުންފުނީގެ ބައެއް އިސް ވެރިންނާ ބައްދަލުކުރައްވާފައި. މި ބައްދަލުވުމުގައި ވަނީ ދެ ކުންފުނި ގުޅިގެން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ކުރިމަގުގައި ދެފަރާތް ގުޅިގެން މަސައްކަތްކުރެވިދާނެ މުހިންމު ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި.










































