
Fmr Assistant Professor @MNUedu| Chief Justice of Judicial Committee @AdhaalathOffice. Opinions expressed are my own.
Maldives
Joined November 2015
- Tweets42.4K
- Following5.2K
- Followers56.4K
- Likes76.8K
Dr.Mohamed Iyaz retweeted
ساهموا بنشر هذا الفيديو على أوسع نطاق!
هذا ليس معسكر اعتقال النازية في أوروبا القديمة!
هذا معسكر اعتقال إسرائيلي بحق فلسطينيين في العصر الحديث!
މީހަކު ދެބަސްވުމަކުން ނުވަތަ ޒުވާބަކުން މޮޅުވެ، އޭނާގެ ގަދަރާއި އިއްޒަތް ގެއްލިގެން ހިނގައިދާނެއެވެ. އަދި ދުލުގެ ބަސްމޮށުންތެރިކަމުން މޮޅުވެ، އޭނާގެ އަޚްލާޤުން ބަލިވެދާނެއެވެ. ކޮންމެ ބަހުސަކުން މޮޅުވުމަކީ މުހިންމު ކަމެއް ނޫނެވެ. އެހެނެއްކަމަކު، މުހިންމު ކަމަކީ އެފަދަ ހާލަތްތަކުން ހިތް ސާފުކަންމަތީގައްޔާއި، ކަރާމާތާއި އަބުރު ރައްކާތެރިކުރެވިފައިވާ ހާލު ނުކުތުމެވެ. 🌿🍃
أخي الكريم، لا أحد ينكر أهمية المحافظة على الدين والهوية الإسلامية والسيادة الوطنية للمالديف، ولا أحد يعترض على مطالبة العلماء ببيان الحق والنصح للحكام. ولكن الإنصاف يقتضي أن نزن الجميع بميزان واحد.
وأود أن أذكّركم بالحملة التي شُنّت ضد حكومة الرئيس إبراهيم محمد صالح، حين رُوّجت اتهامات بأنها باعت المالديف للهند، وأن الجنود الهنود استولوا على أجزاء من أراضي الدولة. لقد كانت تلك اتهامات سياسية خطيرة استُخدمت في الصراع للوصول إلى الحكم. ومن حق الشعب اليوم أن يطالب أصحابها بتقديم الأدلة التي تثبت صحتها، وأن يحاسبهم أخلاقيًا على ما نشروه إذا ثبت بطلانه.
والسؤال الذي يطرح نفسه: لماذا لم نسمع منكم هذا الصوت المرتفع طوال فترة وجودكم في حكومة الرئيس محمد معز؟ ولماذا بدأتم ترفعون صوتكم بهذه الحدة بعد فقدان منصبكم الحكومي؟
إن من حقكم انتقاد الحكومة ومشروعاتها، سواء كنتم داخل السلطة أم خارجها، ولكن من حق الآخرين أيضًا أن يسألوكم عن اتساق مواقفكم، وعن أسباب اختلاف خطابكم بين الأمس واليوم.
أما اتهام علماء الدين بالسكوت عن الحق وخيانة الدين، فهو أمر لا يجوز التسرع فيه. فليس كل عالم لم يُصدر بيانًا أو لم يتبنَّ موقفكم السياسي ساكتًا عن الحق.
إن مشروع رأس مالي وغيره من المشروعات ينبغي أن تُدرس بنوده وآثاره دراسة موضوعية، وأن يُبيَّن ما فيه من مصالح ومفاسد، بعيدًا عن المزايدات السياسية.
إن الدفاع عن الدين والوطن لا ينبغي أن يكون مرتبطًا بالمناصب الحكومية، ولا أن يشتد عند الخروج من السلطة ويضعف عند الدخول فيها. فالمبادئ الحقيقية لا تتغير بتغير المناصب والحكومات.
قال الله تعالى: ﴿وَلَا يَجْرِمَنَّكُمْ شَنَآنُ قَوْمٍ عَلَىٰ أَلَّا تَعْدِلُوا اعْدِلُوا هُوَ أَقْرَبُ لِلتَّقْوَىٰ﴾ [المائدة: 8].
نسأل الله أن يرزقنا جميعًا الصدق والإخلاص والعدل، وأن يحفظ بلادنا من الفتن والمزايدات السياسية. آمين.
يا اخي الكريم. الوطن الحبيب، المالديف تناديكم.
علماء الدين في المالديف في حالة من «صُمٌّ بُكْمٌ عُمْيٌ»، يلتزمون الصمت عن قول الحق إزاء السياسات التي تفتح الباب أمام توطين غير المسلمين من مختلف الثقافات والصهاينة في مشروع راس مالي، و النون، والتاء تحت ذريعة التنمية الاقتصادية!
أين أصوات العلماء؟ وأين مسؤوليتهم في بيان الحق والدفاع عن القيم الإسلامية وهوية المجتمع المالديفي؟
إن التنمية الاقتصادية لا ينبغي أن تكون على حساب الدين والهوية الوطنية والسيادة.
حرامٌ عليكم هذا الصمت يا إخوان! رفض الدفاع عن الحق في القضايا المصيرية مسؤولية عظيمة أمام الله والتاريخ. هذه خيانة للدين والوطن.
@dr_iyaz
@ilmugeGulhun
@AdhaalathOffice
@ShimranAb
@Mohamedshaheem1
@ZamzamFarish
@Dr_AhmedZiyad
@alizahirsaeed
@JAMIYYATHSALAF
@AABDULLADIDI
@adam_shameem
#EagleHillsOut
Dr.Mohamed Iyaz retweeted
﴿ لَّئِن لَّمْ يَنتَهِ الْمُنَافِقُونَ وَالَّذِينَ فِي قُلُوبِهِم مَّرَضٌ وَالْمُرْجِفُونَ فِي الْمَدِينَةِ لَنُغْرِيَنَّكَ بِهِمْ ثُمَّ لَا يُجَاوِرُونَكَ فِيهَا إِلَّا قَلِيلًا﴾
[ الأحزاب: 60]
ހަމަކަށަވަރުން، މުނާފިޤުންނާއި އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއް އުފެދިފައިވާ މީހުންނާއި، މުއުމިނުން ބިރުގެންނެވުމަށް މަދީނާގައި ދޮގު ވާހަކަތައް ފަތުރައި، ފިތުނައުފައްދާ މީހުން އެކަން ހުއްޓައިނުލިނަމަ، ހަމަކަށަވަރުން، ތިމަން އިލާހު އެއުރެންގެ މައްޗަށް ކަލޭގެފާނު ފާކުރައްވައި ފޮނުއްވައިފާހުށީމެވެ. ދެންފަހެ ކަލޭގެފާނުގެ އަވަށްޓެރިންގެ ގޮތުގައި ވަރަށް ކުރު މުއްދަތަކަށް މެނުވީ އެއުރެން އެރަށުގައި ނުތިބޭނެތެވެ.
ނިދުމަކީ، ކަލޭގެ ބާރު ކިތަންމެ ގަދަވި ކަމުގައި ވިޔަސް، ކަލޭގެ ނިކަމެތިކަން ހަނދާންކޮށްދޭ ހެއްކެކެވެ (ނިޝާނެކެވެ). އެ ވަގުތުތަކުގައި އަމިއްލަ ނަފްސަށް އެއްވެސް ބާރެއް އަދި ކުޅަދާނަކަމެއް ނެތި، ދުނިޔެއާ އެތައް ގަޑިއިރަކަށް ވަކިވެގެންދެއެވެ. ފަހެ، ތިބާގެ ވެރިރަސްކަލާނގެއަށް މަޑުމައިތިރިވެ (ތަވާޟުޢުވެރިވެ)، އެކަލާނގެއަށް ޝުކުރުކުރުން ގިނަކުރާށެވެ. އަދި ހެޔޮ ޢަމަލު ފިޔަވައި އެހެން އެއްވެސް އެއްޗަކުން ފައިދާއެއް ނުކުރާނޭ ދުވަހަކާ ބައްދަލުކުރުމަށް ތައްޔާރުވާށެވެ. 🌿🍃
ކަށުނަމާދުގައި ހަތަރުވަނަ ތަކުބީރު މަތިން ހަނދާންނެތި، ތިންވަނަ ތަކުބީރަށްފަހު އިމާމު މީހާ ސަލާމްދީފިނަމަ، އޭނާގެ ނަމާދު ފުރިހަމައެއް ނުވާނެއެވެ. ސަބަބަކީ ގިނަ ފިޤުހުވެރިންގެ އަރިހުގައި ހަތަރު ތަކުބީރަކީ ކަށުނަމާދުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ ކަންކަމަށް ވާތީއެވެ.
އަދި މިކަމުގެ ޙުކުމް ތަފާތުވަނީ އެކަން ހަނދާންވި ވަގުތުގެ މައްޗަށް ބިނާކޮށެވެ:
ފުރަތަމަ ޙާލަތު: ސަލާމްދިން ވަގުތުން ފެށިގެން ލަސްނުވެ ހަނދާންވުން
ތިންވަނަ ތަކުބީރަށްފަހު ސަލާމްދެވުނުކަން އިމާމު މީހާއަށް ހަނދާންވެ، އަދި ސަލާމްދިން ފަހުން ގިނަ ވަގުތުތަކެއް ފާއިތުނުވާނަމަ:
* ހަތަރުވަނަ ތަކުބީރު ކިޔާނީއެވެ.
* އަދި ދުޢާއިން ބާކީ އޮތް ބައި ކިޔާފައި ނުވާނަމަ އެ ބައި ފުރިހަމަކުރާނީއެވެ.
* އެއަށްފަހު އަލުން ސަލާމްދޭނީއެވެ.
މި ޙާލަތުގައި ނަމާދު ފެށުނީއްސުރެ އަލުން ކުރުން އޭނާގެ މައްޗަށް ވާޖިބެއް ނުވާނެއެވެ.
ދެވަނަ ޙާލަތު: ސަލާމްދިން ފަހުން ގިނަ ވަގުތު ފާއިތުވުން
ސަލާމްދިން ފަހުން ގިނަ ވަގުތު ފާއިތުވެއްޖެނަމަ، ނުވަތަ އިމާމު މީހާ ހިނގައިގަނެ ނަމާދު ނިމިއްޖެ ކަމަށް ބެލެވިއްޖެނަމަ، ހަތަރު ތަކުބީރު ފުރިހަމަނުވާތީ އޭނާ ކަށުނަމާދު އަލުން ކުރަން ޖެހޭނެއެވެ.
ތިންވަނަ ޙާލަތު: މައުމޫމުން ކަންތައް ކުރަންވީ ގޮތް
ތިންވަނަ ތަކުބީރަށްފަހު އިމާމު މީހާ ސަލާމްދިން އިރު، އޭނާ ހަތަރުވަނަ ތަކުބީރު މަތިން ހަނދާންނެތުނުކަން މައުމޫމުންނަށް އެނގޭނަމަ، މައުމޫމުން އޭނާއާ އެކު ސަލާމެއް ނުދޭނެއެވެ. އޭގެ ބަދަލުގައި އިމާމު މީހާއަށް ހަނދާންކޮށްދޭނީއެވެ.
އިމާމު މީހާ އެނބުރި ރުޖޫޢަވެ ހަތަރުވަނަ ތަކުބީރު ކިޔައިފިނަމަ، މައުމޫމުންވެސް އޭނާއާ އެކު އެ ތަކުބީރު ކިޔައި ތަބާވާނީއެވެ.
އަދި އިމާމު މީހާ އެނބުރި ރުޖޫޢަނުވި ނަމަ، މައުމޫމުން އަމިއްލައަށް ހަތަރުވަނަ ތަކުބީރު ފުރިހަމަކުރުމަށްފަހު ސަލާމްދޭނީއެވެ. މި ޙާލަތުގައި މައުމޫމުން ނަމާދު އަލުން ކުރާކަށް ނުޖެހޭނެއެވެ.
ފިޤުހީ ސަމާލުކަމެއް
މި ޙުކުމް ބިނާވެފައިވަނީ ހަތަރު ތަކުބީރަކީ ރުކުންތަކެއް ކަމުގައި ބެލެވޭ ބެލެވުމުގެ މައްޗަށެވެ. އެއީ ގިނަ ފިޤުހުވެރިންގެ ބަސްފުޅެވެ. އަދި ސަލާމްދިނުމަށްފަހު އުނިވި ބައި ފުރިހަމަކުރުމުގެ (ބިނާކުރުމުގެ) ޙުކުމާ ގުޅޭގޮތުން، ޚާއްޞަކޮށް ސަލާމްދިން ފަހުން ގިނަ ވަގުތު ފާއިތުވުމާ ގުޅޭގޮތުން މަޛްހަބުތަކުގެ މެދުގައި ތަފްޞީލީ ޚިލާފުތަކެއް ހުރެއެވެ.
ޚުލާޞާ: އިމާމު މީހާ ހަނދާންނެތިގެން ތިން ތަކުބީރަށްފަހު ސަލާމްދީ، އަދި ވަގުތުން އެކަން ހަނދާންވެއްޖެނަމަ، ހަތަރުވަނަ ތަކުބީރު ކިޔައި ސަލާމްދޭނީއެވެ. އަދި މުޅި ނަމާދު އަލުން ކުރާކަށް ނުޖެހޭނެއެވެ.
ކަށުނަމާދުގައި ހަތަރު ތަކުބީރުގެ ބަދަލުގައި އިމާމު މީހާ ފަސްވަނަ ތަކުބީރެއް އިތުރުކުރި ނަމަވެސް، ނަމާދު ޞައްޙަވާނެއެވެ. އަދި ގަސްތުގައި ނުވަތަ ހަނދާންނެތިގެން އިތުރުކުރި ކަމުގައި ވިޔަސް، ނަމާދު އަލުން ކުރާކަށް ނުޖެހޭނެއެވެ.
ދެވަނަކަމީ: ހަތަރު މަޛްހަބުގައި މިކަމުގެ ޙުކުމް:
* ޙަނަފީ މަޛްހަބު: އިޢުތިމާދު ކުރެވޭ ރައުޔަކީ ހަތަރު ތަކުބީރެވެ. އިމާމު މީހާ ފަސްވަނަ ތަކުބީރެއް ކިޔައިފިނަމަ މައުމޫމުން އޭނާއަށް ތަބާވެ އެ ތަކުބީރު ކިޔައިގެން ނުވާނެއެވެ. އޭގެ ބަދަލުގައި، އިމާމު މީހާ ސަލާމްދެންދެން މަޑުކުރާނީއެވެ.
* މާލިކީ މަޛްހަބު: އިޢުތިމާދު ކުރެވޭ ރައުޔަކީ ހަތަރު ތަކުބީރެވެ. ފަސްވަނަ ތަކުބީރުގައި މައުމޫމުން އިމާމު މީހާއަށް ތަބާނުވާނެއެވެ. އަދި އޭނާ ސަލާމްދެންދެން މަޑުކުރާނީއެވެ.
* ޝާފިޢީ މަޛްހަބު: އިޢުތިމާދު ކުރެވޭ ރައުޔަކީ ހަތަރު ތަކުބީރެވެ. އިމާމު މީހާ ފަސްވަނަ ތަކުބީރެއް އިތުރުކުރިޔަސް ނަމާދު ބާޠިލެއް ނުވާނެއެވެ. އެހެންނަމަވެސް، އެންމެ ޞައްޙަ ގޮތަކީ މައުމޫމުން އެ ތަކުބީރުގައި އިމާމާއަށް ތަބާނުވުމެވެ.
* ޙަންބަލީ މަޛްހަބު: ފަސް ތަކުބީރަށް އިތުރުކުރުން ހުއްދައެވެ. އަދި ކިއެއްތަ، ބައެއް ޙާލަތްތަކުގައި ހަތް ތަކުބީރާ ހަމައަށް އިތުރުކުރުން ހުއްދަވެގެންވާ ކަމަށްވެސް އެ މަޛްހަބުގައި ވާރިދުވެފައިވެއެވެ. އަދި ފަސްވަނަ ތަކުބީރުގައި މައުމޫމުން އިމާމު މީހާއަށް ތަބާވުން ހުއްދަވެގެންވެއެވެ.
ތިންވަނަކަމީ: ކުށުސަޖިދަ ޖަހަން ޖެހޭނެ ހެއްޔެވެ؟
ތަކުބީރެއް އިތުރުވުމުގެ ސަބަބުން ކަށުނަމާދުގައި ކުށުސަޖިދަ ޖެހުމެއް ޝަރުޢުވެގެން ނުވެއެވެ. ސަބަބަކީ ކަށުނަމާދަކީ އޭގައި ސަޖިދަކުރުމެއް އޮންނަ ނަމާދަކަށް ނުވާތީއެވެ.
ޚުލާޞާ
ހަތަރު ތަކުބީރުގެ ބަދަލުގައި އިމާމު މީހާ ފަސް ތަކުބީރު ކިޔައިފިނަމަ، ކަށުނަމާދު އަލުން ކުރާކަށް ނުޖެހޭނެއެވެ. އަދި އޭނާގެ ނަމާދު ޞައްޙަވާނެއެވެ.
އެންމެ މޮޅު އިތުރު ގޮތަކީ ހަތަރު ތަކުބީރުގެ މަތީގައި ދެމިހުރުމެވެ. ސަބަބަކީ ނަބިއްޔާ ﷺ ގެ އަރިހުން އެންމެ ގިނައިން ޘާބިތުވާން އޮތީ އެ މިންވަރު ކަމުގައި ވާތީއެވެ. އެހެންނަމަވެސް، ޘާބިތުވެފައިވާ ސުންނަތަށް ތަބާވުމުގެ ގޮތުން ފަސް ތަކުބީރު ކިޔައިފި މީހަކަށް އެކަމުގައި އިންކާރުކޮށް ދެކޮޅުހަދައިގެން ނުވާނެއެވެ.
މިއަދަކީ ހުކުރު ދުވަސް. ކަހްފު ސޫރަތް ކިޔެވުމަށާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ގިނަގިނައިން ޞަލަވާތް ކިޔެވުމަށް ހަނދާންކޮށްދެން.
ރިވެތި އަޚްލާޤަކީ އަސްލެކެވެ، ގޮތްޕެއް( ފަހުން އުފެދޭ ގޮތެއް) ނޫނެވެ. ފަހެ، ހެޔޮލަފާ ރިވެތި އަޚްލާޤެއްގެ ވެރިޔަކު، ގޯސް އެކުވެރިއެއްގެ ސަބަބަކުން ފަސާދައެއް (ޚަރާބެއް) ނުވާނެއެވެ. އެއީ ލޮނުގެ ސަބަބުން ކަނޑު ފަސާދަ ނުވާ (ޚަރާބު ނުވާ) ފަދައިންނެވެ. 🌿🍃
އެހެން މީހަކު ޚިޔާނާތްތެރިވި ކަމުގައި ވިޔަސް، ވަފާތެރިޔާ އޭނާގެ ވަޢުދެއް އުވައެއް ނުލާނެއެވެ.
އެއީ ރޭގަނޑު ދިގުލައިގެން ދިޔަޔަސް، ބައްތި އަމިއްލައަށް ނިވިގެން ނުދާ ފަދައިންނެވެ.
ސަބަބަކީ ވަފާތެރިކަމަކީ އަގުހުރި ސިފައެކެވެ (އަޚްލާޤެކެވެ)، އެއީ ރައްދު ދިނުމުގެ ގޮތުން ކުރާ ކަމެއް ނޫނެވެ. 🌿🍃
ހިތްދަތިކުރުވާ ބަސްތައް ވަޔަށް ދޫކޮށްލައިފިނަމަ (އަޅާނުލައި ދޫކޮށްލައިފިނަމަ) އެ ގެއްލި ފިލައިގެންދެއެވެ. އެހެނަސް، އެ ބަސްތަކަށް ހިތުގެ ކުޑަދޮރުތައް ހުޅުވާލައިފިނަމަ އެ ހިތުގައި ވަޒަންވެރިވެ، އެ ބަސްތައް ބުނި މީހާއަށްވުރެ ބޮޑަށް އެ އަޑުއެހި މީހާގެ މައްޗަށް ބޮޑު ބުރައަކަށް ވެގެންދެއެވެ. 🌿🍃
ޞާލިޙު ބޭކަލަކު ވިދާޅުވިއެވެ:
"ނުބައި ކަމަކަށް ނުވަތަ ފާފައަކަށް އަރައިގަތުމަށް ތިބާގެ ނަފްސު ގޮވައިލައިފިނަމަ، މި އާޔަތުން އެ ނަފްސާ މަޑުމައިތިރިކަމާއެކު ވާހަކަދައްކައި ވިސްނައިދޭށެވެ:
﴿قُلْ أَذَٰلِكَ خَيْرٌ أَمْ جَنَّةُ الْخُلْدِ الَّتِي وُعِدَ الْمُتَّقُونَ﴾
(މާނައީ: 'ކަލޭގެފާނު ވިދާޅުވާށެވެ! އެ ގޮތް (އެބަހީ: ނަރަކައިގެ ޢަޛާބު) ހެޔޮކަން ބޮޑުހެއްޔެވެ؟ ނުވަތަ ތަޤުވާވެރިންނަށް ވަޢުދު ކުރައްވާފައިވާ ދެމިއޮންނަނިވި ސުވަރުގެ ހެއްޔެވެ؟')
ފާފަތަކުގެ މަތީގައި ދެމިހުރުމުގެ ނަތީޖާއަކީ، ﷲ އަށް ބިރުވެތިވުމާއި ހިތުގެ ހަމަޖެހުން ގެއްލި، އެންމެހައި އަޅުކަންތައްތަކާ ދުރުވެގެން ދިޔުމެވެ."
Replying to @ALffouad
قال أحد الصالحين:
"إذا دعتك نفسك إلى معصية فحاورها حواراً لطيفا"ً
بهذه الآية:
﴿قل أذلك خير أم جنة الخلد التي وعد المتقون}
عواقب استمرار المعاصي يذهب
الخوف من الله والطمأنينة وترحل
كل الطاعات٠
ހިތް ސަލާމަތުން (ތާހިރުކަންމަތީ) ވާނަމަ، ދުނިޔޭގެ ޒަޚަމްތައް ކިތަންމެ ގިނަވި ކަމުގައި ވިޔަސް ދުނިޔެ (ދުނިޔޭގެ ތަކުލީފުތައް) ލުއިވެގެންދެއެވެ.
ސަބަބަކީ ހަށިގަނޑުގައި އަޅާ ޒަޚަމަކީ ކެތްކުރެވިދާނެ ކަމެކެވެ؛ އެކަމަކު ހިތުގައި (ހަށިގަނޑުގެ އެތެރޭގައި) އަޅާ ޒަޚަމަކީ މުޅި ދިރިއުޅުން ބަރުބާދުކޮށްލާ ކަމެކެވެ.
އަޒަރުބައިޖާނުގެ ސެކިއުލާ ސަރުކާރުން އިސްލާމްދީނަށާއި ބުރުގާއަށް ދެކޮޅުވެރިކަން އިޢުލާންކޮށްފައިވާ ދަނޑިވަޅެއްގައި، ތުރުކީވިލާތުން ވަނީ ކީރިތި ޤުރުއާން ހިތުދަސްކުރި އަންހެން ދަރިވަރުންގެ ޝަރަފުގައި ހައިބަތު ބޮޑު، އުފާވެރި ރަސްމިއްޔާތެއް ބާއްވާފައެވެ.
ތުރުކީގެ ދިޔާރުބަކިރުގައި ފެނިގެންދިޔައީ ތަފާތު ވައްތަރެއްގެ އުފާވެރިކަމެކެވެ. ކީރިތި ޤުރުއާން އެއްކޮށް ހިތުދަސްކޮށް ނިންމި ދަރިވަރުންނާއި، އެ ކުދިންގެ މައިންބަފައިން ފަޚުރުވެރިކަމާއެކު އެ ކުދިންނަށް ބަލަން ތިބި މަންޒަރެވެ. އަދި ﷲ ގެ ފޮތް އެ ކުދިންގެ ހިތްތަކުގައި ރައްކާތެރިކުރެވިގެން ދިޔުމުން އުފަލުން ފުރިގެންވި ހިތްތަކެކެވެ.
ހިތުގެ ސާފުކަމަކީ، މީހުން އެ ދައްކާ ސިފައަށް ވުރެ މާ ރީތި ސިފައެއްގައި އެބައިމީހުން ދުށުމަށް މަގުފަހިކޮށްދޭ ކަމެކެވެ. އެއީ ނުބައިކަމަށް ލޯމަރައިލުމެއް (ނުވަތަ ނޭނގުމެއް) ނޫނެވެ. އެހެނެއްކަމަކު، އެފަދަ ނުބައިކަމެއްގެ ތެރޭގައި ތިމާ ޣަރަޤުވެގެން އުޅުމަށް ވުރެ އަމިއްލަ ނަފްސު މަތިވެރިކޮށް ބެހެއްޓުމެވެ. 🌿🍃










